ads
ހޯރަފުށީ އެއާޕޯޓު؛ ފޮޓޯ:އެމްޓީސީސީ
ހޯރަފުށީ އެއާޕޯޓު ފަޅާލައި ދެ ޕާރުސަލެއް ވަގަށް ނަގައިފި
ހއ. ހޯރަފުށީ އެއަރޕޯޓުގެ އޮފީސް ފަޅާލައި، އެ ތަނުގައި ހުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕާރުސަލްތަކެއް ވަގަށް ނަގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
Advertisement

 މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވައްކަން ކޮށްފައިވަނީ އެއަރޕޯޓުގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެއެވެ.

މިކަން ހިނގި ވަގުތު އެއަރޕޯޓުގައި މުވައްޒަފުންވެސް ތިއްބެވެ. ފަތިހު 4:00 ހާއިރު މޫނު ނިވާކޮށްގެން ހުރި މީހަކު އެތަނަށް ވަދެ، އެއަރ ކާގޯގެ ގޮތުގައި ގެނެސްފައި ހުރި ބީއެމްއެލްއަށް ނިސްބަތްވާ ދެ ޕާރުސަލް ގެންދިޔަ ކަމަށްވެއެވެ. އެ ވަގުތު ޑިއުޓީގައި ތިބި މުވައްޒަފުންގެ ތެރެއިން މީހަކު އެ މީހާގެ ފަހަތުން ދުުުވި ނަމަވެސް، އޭނާ ވަނީ އެ ސަރަހައްދުގެ ހޭޅިފަށުން ގޮސް ސައިކަލެއްގައި ފިލާފައެވެ. އެ ސައިކަލުވެސް ހުރީ ނުއެނގޭ ގޮތަށް ފޮތި އޮޅައި ފޮރުވާފައި ކަމަށް މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން ހޯރަފުށީ އެއަރޕޯޓު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ވަލީދު ވިދާޅުވީ، ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށެވެ. މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންވެސް ބީއެމްއެލްގެ ގިނަ އަދަދެއްގެ ފައިސާ ހުރި ދަބަހެއް ވަގަށް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ. ހޯރަފުށީ އެއަރޕޯޓުން ގެއްލުނު ޕާރުސަލްތަކުގައި ހުރީ ކޮން އެއްޗެއްކަން އަދި ސާފުވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް