އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އެކްޝަން ޕްލޭނަކީ އެ މިނިސްޓްރީގެ ހުރިހާ ސެކްޝަނެއް ގުޅިގެން ބޮޑެތި މަޝްވަރާތަކަކާއެކު އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ "އިސްލާމީ ނޫރު ދިވެހިރާއްޖެއަށް" ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު ކުރިއަށް ގެންދަނީ ވަރަށް ވެސް މަތިވެރި އަޒުމަކާއި އިހުލާސްތެރިކަމާ އެކު، ދިވެހި އުންމަތުގެ ތެރޭގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށް ކަމަށެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭން މިހާރު އެ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.