ads
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން.
"އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން ބަދަލު ކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް މިއަދު ބަދަލުކުރައްވައިފި އެވެ.
Advertisement

މިކަން އިއުލާންކުރައްވާފައިވަނީ، ރައީސްގެ އޮފީހުން މިއަދު ޝާއިއުކުރެއްވި ދެންނެވުމެއްގަ އެވެ.

ރައީސް، މި ބަދަލު ގެންނެވީ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅުއްވާފައިވާ ފަދައިން ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރައްވައި، ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސެވުމުގެ ބޭނުމުގަ އެވެ.

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހަމަޖައްސަވައިފައިވާ ނަންބަރު 453 އެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން، ވަކި ހާއްސަ ތަމްރީނުތަކެއް ދީފައިވާ އޮފިސަރުންނާ އެކު ހިންގަމުން އަައި އޭވިއޭޝަން ސެކިިއުރިޓީ ކޮމާންޑުގެ ދަށަށް ކަނޑު ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން މި ހަވާލުކުރީ އެމްޕީއެލްގެ ބައެއް ބަނދަރުތަކުގައި ސެކިއުރިޓީ ބްރީޗް ވުމުގެ ބައެއް ހާދިސާތައް ހިނގާފައި ވަނިކޮށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް