އައިއެސްގެ މެންބަރަކަށްވެ ޓެރަރިސްޓް ހަރަކާތްތަކަށް ހިތްވަރުދީ އެކަންކަމާ ގުޅުންހުރި އެތައް ކަމެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ހޫދު މުހައްމަދު ޒާހިރު އެ ތުހުމަތުތަކަށް އޭނާވަނޫީ ކުރިން ޝަރިއަތުގައުި އިންކާރުކޮށްފައެވެ.
ހޫދަކީ 2015 އިން ފެށިގެން އައިސިސްގެ ޕްރޮޕަގެންޑާ ފަތުރަމުން ދިޔަ މީހެއް ކަމަށާއި އެކަން ކޮށްފައިވަނީ ޓެލެގްރާމާއި އެ ނޫން ވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު ކުރިން ކޯޓުގައި ހޫދު ބުނީ އޭނާ އަކީ "ކޮމްޕިއުޓަ ސައިންސް އެނގޭ މީހެއް ނޫން" ކަމަށެވެ.
ހޫދަކީ 2010 ވަނަ އަހަރު ވިލިމާލޭގައި ހަ މީހުންގެ ގްރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ދައުވާ ލިބުނު މީހެކެވެ. އެކަމަކު އެ ދައުވާ ލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވީ އެވެ.