ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ޕަސެންޖަރުން ހިދުމަތް ހޯދަނީ
ވީއައިއޭއިން މިއަދު 27000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު 27,000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.
Advertisement

ކްރިސްމަސް އާއި އާ އަހަރަށް އަންނަ ޓޫރިސްޓުންގެ އަދަދު މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެންމެ މުއްސަނދިން އަންނަ ޖެޓްތައް ވެސް ގިނަ އެވެ. 

އެމްއޭސީއެލް އިން ދެންމެ ބުނީ މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދިން ދުވަސް ކަމަށެވެ.

އެގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22,142 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އައި 11,107 ފަސިންޖަރުންނެވެ.

your imageއާ އަހަރަށް އަންނަ ޓޫރިސްޓުންގެ އަދަދު މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ

ޑޮމެސްޓިކް ޓާމިނަލުން މިއަދު ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާއިރު އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ. މީގެ އިތުރުން މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވިފައިވެ އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވީ މިއަދަކީ އެއާޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމަށާއި އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ. މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. ނަމަވެސް އާ ޓާމިނަލްއިން ނުކުންނާށާއި ވަންނަން ހިނގަން ޖެހޭ ކޮރިޑޯ ހަނިިކަމުން ވަރަށް ބޮޑަށް އަދި ވެސް ތޮއްޖެހެ އެވެ.  

your imageއާ ޓާމިނަލްއިން ނުކުންނާށާއި ވަންނަން ހިނގަން ޖެހޭ ކޮރިޑޯ ހަނިިކަމުން ވަރަށް ބޮޑަށް ތޮއްޖެހޭ

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ. 

އާ އަހަރާ ދިމާކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު ޗުއްޓީއާ ދިމާކޮށް އުމްރާއަށްވެސް ގިނަ ބަޔަކު ދަނީ ފުރަމުންނެވެ. މިއީ ޖުލައި 26 ގައި އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވިފަހުން އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަހެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް