ads
ގެއްލުނު މީހުން ހޯދަން އެމެރިކާހެ ނޭވީގެ މަތިންދާ ބޯޓު އުދުހެނީ
ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ހުވަދޫ ކަނޑު ސަރަހައްދުގައި
ދިޔަވެ އަޑިޔަށް ދިޔަ ސަފާރީ ދޯނި ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު 3 މީހުން ހޯދުމަށް އެމެރިކާގެ ނޭވީގެ މަތިންދާބޯޓެއް ހުވަދޫ ކަނޑުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
Advertisement

މިމަހުގެ 5 ވަނަ ދުވަހުގެ ރޭ  ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4"  ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނިކޮށް ގެއްލިފައިވަނީ އެ ދޯނީގެ ކައްޕި ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި އެމްއެންޑީއެފްގެ ސްޓާޕް ސާޖެންޓް އިބްރާހިމް އަހުމަދު އަދި ޕޮލިސް ސާޖަންޓް އަލީ ނާފިއު އެވެ.

އުދުންހުންތަކާއި ގުޅޭ މައުލޫމާތު ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ  ޔުނައިޓެޑް ސޭޓްސް ނޭވީގެ ބޮއިންގ ޕީ‐8 އޭ ޕޮސެއިޑަން މެރިޓައިމް ޕެޓްރޯލް މަތިންދާބޯޓެއް ގެއްލުނު މީހުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ހުވަދޫ ކަނޑުގެ ސަރަހައްދުގައި ގާތްގަނޑަކަށް 1،500 ފޫޓުގައި ލޯ ލެވެލް އޮޕަރޭޝަންތައް އެ ބޯޓުން ކުރިޔަށް ގެންދާކަން އޭވިއޭޓާސް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފަ އެވެ. އެމެރިކާގެ ނޭވީގެ ބޯޓު މިއަދު މެންދުރު ފަހުން ފެށިގެން ސާޗު އޮޕަރޭޝަން ކުރިޔަށް ގެންދާކަމަށް ސަރުކާރުންވެސް ވަނީ ބުނެފަ އެވެ. 

ދިޔަވެ ސަފާރީ ދޯނި އަޑިޔަށް ދިޔައީ އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔާ ސަބްމެރިންވެސް އޮޕަރޭޓް ކުރާވަރަށް ވުރެ ފުން ސަރަހައްދަކަށް ކަމަށާއި އެ ދޯނިން ގެއްލުނު 3 މީހުން ފެނޭތޯ މިިއަދު ހުވަދޫ ކަނޑު އެއްކޮށް ބަލާ ނިމޭނެކަމަށް ގައުމީ ދިފާއީ ބާރުން ވަނީ ބުނެފަ އެވެ. 

ފްރެންޑު ދޯނިން ގެއްލުނު އެންމެން އެންމެފަހުން ކުރި މަސައްކަތަށް އެމްއެންޑީއެފުން ވަނީ  ތައުރީފު ކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;