ads
ރައީސް ޑރ. މުއިއްޒު ޕޮލިސް ސްޓޭޝަން ހުޅުވާދެއްވަނީ
ފުލުހުންގެ އިމާރާތްތައް އެޅުމަށް 80 މިލިއަން މިއަހަރު ހަރަދު ކޮށްފި
ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ފުލުހުންގެ އިމާރާތްތަކާއި ސްޓޭޝަންތައް އެޅުމަށް 80 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ ގޮތުން ނެޝަނަލް ސެކިއުރިޓީ އާއި ޕަބްލިކް އޯޑާއާ ގުޅޭ މަޝްރޫއުތަކަށް ޕީއެސްއައިޕީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ ފުލުހުންގެ އިދާރާއަށެވެ.

ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ކުރީ ކޯޓު އިމާރާތްތައް އެޅުމަށް ކަމަށާއި އެފަދަ މަޝްރޫއޫއުތަކަށް 20 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާ ކަމުގައި އެވެ. 

ނެޝަނަލް ސެކިއުރިޓީއާ ގުޅޭ މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުގައި ވަނީ 109 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާ ކަމަށާއި ޑިފެންސާ ގުޅޭ މަޝްރޫއުތަކަށް ހޭދަކުރީ 1.4 މިލިއަން ރުފިޔާ އަދި ރީހެބިލިޓޭޝަނާ ގުޅޭ މަޝްރޫއުތަކަށް 3.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. 

މި އަހަރުގެ ބަޖެޓުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް މިހާތަނަށް ހޭދަކޮށްފައިވަނީ 7.5 ބިިލިއަން ރުފިޔާ އެވެ. ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތެވެ.

ވަކިވަކި ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް ކަމަށާއި އެފަދަ މަޝްރޫއުއުތަކަށް3.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. 

އަންނަ އަހަރުގެ ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުން ޕްރޮޖެކްޓްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 9.3 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. އެއީ ޖުމްލަ ބަޖެޓުގެ 14 ޕަސެންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް