މިއީ "އެލިމިނޭޓިން ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކުން، މިނިސްޓްރީން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް މައުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން، އަންނަ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންޖެހެއެވެ. ރަޖިސްޓްރީ ކުރުމަށް [email protected] އަށް އީމެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ. އަދި މި މަޝްރޫއާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ޖަނަވަރީ 8 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައެވެ. ބީލަންތައް ހުށަހަޅަން ޖެހޭނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ދަރުބާރުގެ ފާށަނާ މާލަމް ރިސެޕްޝަނަށެވެ. ހުށަހަޅާ ބީލަމުގެ މުއްދަތަކީ 120 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ 11:05 ގައި ކަމަށްވާއިރު، ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.