ads
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ބޯހިޔާވަހިކަމުގެ އެންމެ ގާބުރިއެއް ވެސް މި ސަރުކާރަށް ނުބޭއްވޭ: އެމްޑީޕީ
މި ވެރިކަމަށް ދެ އަހަރު ވެގެންދިޔައިރު، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެންމެ މަޝްރޫއެއް ވެސް ފެށިފައިނުވާ ކަމަށާއި މި ސަރުކާރަށް އަދި "އެންމެ ގާބުރިއެއް ވެސް ނުބޭއްވޭ" ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
Advertisement

އެ ޕާޓީން މިހެން ބުނެފައިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ސަރުކާރުން ވެރިކަމަށް އައީ ބޮޑެތި ވައުދުތަކެއް ވެގެން ނަމަވެސް، އިންތިހާބުގެ ތެރެއިން ވީ ވައުދުތައް ފުއްދިފައިނުވާ ކަމަށެވެ. އަދި 2025 ވަނަ އަހަރަކީ ތަރައްގީއާއި ބޯހިޔާވަހިކަމުގެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެކަން ހަގީގަތަކަށް ވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މައުރޫފް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމަށް ހާއްސަ ބަޖެޓެއް ކަނޑައެޅި ނަމަވެސް، ބޯހިޔާވަހިކަން އެޅުމަށްޓަކައި މިހާތަނަށް މި ވެރިކަމުގައި ބޭންދުނު އެންމެ ގާބުރިއެއް ވެސް ނެތެވެ.

އެހެންނަމަވެސް، އިދިކޮޅުގެ މި ވާހަކަތައް ދޮގުކުރައްވައި ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ކުރީ ސަރުކާރުން މާލެ ސަރަހައްދުގައި އަޅަން ފެށި 4000 ފުލެޓު މަޝްރޫއުގެ 68 ޕަސަންޓު މަސައްކަތް ނިންމީ މި ސަރުކާރުން ކަމަށެވެ. އަދި މި އަހަރު ބޯހިޔާވަހިކަމުގެ 25 މަޝްރޫއެއްގައި ސޮއިކޮށްފައިވާކަމަށާއި، އޭގެ ތެރެއިން ބައެއް މަސައްކަތް ފެށިފައިވާއިރު އަތޮޅުތެރޭގައި 13 މަޝްރޫއެއް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގައި 800 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށިގެންދާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް