ads
ފްލެޓް ތަކެއްގެ ކުރެހުމެއް
ގޯއްޗާއި ފުލެޓަށް އެދުމުގެ ފުރުސަތު އަންނަމަހުގެ 15ގައި ހުޅުވާލަނީ
ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި ސަރުކާރުގެ ފްލެޓާއި ގޯތި ދޭ އުސޫލަށް ގެނެސްފައިވާ ބަދަލުތަކާއެކު ގޯއްޗަށާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
Advertisement

މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓާއި ގޯތި ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށްފަހު އާ އުސޫލު މިއަދު އާންމުކުރީ މިއަދެވެ.

މިނިސްޓްރީން މިރޭ ސަރުކާރުގެ ގެޒެޓްގައި އިއުލާން ކުރި ގޮތުން އަންނަ މަހުގެ 15 އިން ފެށިގެން އޭޕްރީލް 14 ގެ ނިޔަލަށް ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭނެ އެވެ. 

ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ.  

1- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށް: 100 ފްލެޓު
2- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް: 100 ފްލެޓު
3- ޒުވާނުންނަށް: 250 ފްލެޓު
4- ޓެކްސީ ޑްރައިވަރުންނަށް: 50 ފްލެޓު
5- ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް: 200 ފްލެޓު
6- ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް: 100 ފްލެޓު
7- މަސްވެރިންނަށް: 100 ފްލެޓު
8- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް: 50 ފްލެޓު
9- ވެށިފަހި، ހިޔާ މަޝްރޫއު ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި ފްލެޓު ހަވާލު ނުކުރި ފަރާތްތަކަށް: 500 ފްލެޓު
10- ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ ފަގީރު އާއިލާތަކަށް: 50 ފްލެޓު
11- ދިވެހި ފުލުހުންނަށް: 100 ފްލެޓު
12- އެމްއެންޑީއެފަށް: 100 ފްލެޓު
13- ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް: 200 ފްލެޓު
14- މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް: 100 ފްލެޓު
15- ހާއްސަ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް: 400 ފްލެޓު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް