ads
ދެބެން މާރާމާރީ ހިންގައި އެކަކު ޒަހަމްކޮށްލައިފި
މާލޭގައި ދެބެންގެ ދެމެދު ހިނގި މާރާމާރީއެއްގައި އެކަކު މިރޭ ޒަހަމްވެއްޖެ އެވެ.
Advertisement

ފުލުހުން މިރޭ ބުނީ މާލޭގެ ގެއެއްގެ ތެރޭ ދެބެން މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިރޭ 6:42 އެހާއިރު ކަމަށެވެ. 

ފުލުހުން ބުނީ އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އެކަކު ޒަހަމްވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް