ads
ހުރާގައި އަޅާ 16 އެނދުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފެށުމުގެ ތެރެއިން
ހުރާގައި އަޅާ 16 އެނދުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފަށައިފި
ކ. ހުރާ ސިއްހީ މަރުކަޒުގެ އައު އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
Advertisement

 އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރު އޮފް ހެލްތު  ޢަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މަޖިލިސް މެމްބަރު އަނާރާ ނަޢީމާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދާއި ހުރާ ކައުންސިލް މެންބަރުން ބައިވެރިވިއެވެ. 

މި މަޝްރޫއުގެ ދަށުން 15،650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒެއް ހަދާނެކަމަށް އެމްޓިސީސީން ބުނެއެވެ. އަދި މިއިން ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ. 

360 ދުވަސްތެރޭ ނިންމަންޖެހޭ ގޮތަށް ހުރާ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ  27.23 މިލިއަން ރުފިޔާއަށެވެ. 

your imageހުރާގައި އަޅާ 16 އެނދުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފެށުމުގެ ތެރެއިން

1380 މީހުންގެ އާބާދީއެއް އޮންނަ ހުރާގައި ބިނާކުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތް ނިމުމާއެކު ހުރާއިން ލިބޭ ސިއްހީ  ފަރުވާ ފުޅާވެ ހުރާ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ސިއްހޯ ކަންކަމަށް ފަރުވާކުރުމުގެ މަގުފަހި ވެގެންދާނެއެވ.ެ މިއ،ީ ރަށު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނޭ ކަމެއް ކަމަށް  ޤަބޫލުކުރަމަށް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް