ads
ހެލްތް މިނިސްޓަރު ނާޒިމް
ބޭސް ނުލިބޭ މައްސަލައަށް ލުޔެއް އެބަ ލިބޭ: ހެލްތް މިނިސްޓަރު
އެއްކޮށް ހައްލު ނުވި ނަމަވެސް ބޭސްފިހާރަތަކުން ބޭސް ލިބުން ދަތިވެފައިވާ މައްސަލަ އަށް މިހާރު ލުއި ލިބެމުން އަންނަ ތަން ފެނިވަޑައިގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމުގެ ތެރެއިން ބޭސް ދޫކުރުމުގެ ކަންކަން "އިސްލާހު" ކުރަން ފެށުމުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ދަތިތަކެއް ކުރިމަތިވިކަމަށާއި އެކަން ހައްލު ކުރަން އެސްޓީއޯ މެދުވެރިކޮށް ގެންނަ ބޭހުގެ އަދަދު މިހާރު އިތުރު ކުރުމުން ކުރިއަށް ވުރެ ބޮޑަށް ލުޔެއް ލިބިފައިވާ ކަމުގަ އެވެ.

އޭނާ ވިދާޅުވީ، މިހާރު ކުރަމުން އަންނަ ކަމަކީ ފަރުވާދިނުމުގެ ގައިޑްލައިނެއް އެކުލަވާލައި އެ އަށް އަމަލުކުރަން ފެށުން ކަމަށެވެ. އޭރުން ކޮންމެ ޑޮކްޓަރަކު ކޮންމެ ބޭހެއް ލިޔެދިނުމުގެ ބަދަލުގައި "ޖެނެރިކް ނިޒާމް" ގެ ތެރެއަށް ފައްތާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބޭސް ނުލިބުމުގެ މައްސަލަ ހައްލު ކުރެވޭނީ މުޅި ނިޒާމު އޯވަހޯލް ކޮށްގެން. އޭގެ ތެރޭގައި އެސްޓީއޯގެ އެއް ބޭސްފިހާރައިން ނުލިބޭ ބޭސް އެ ކުންފުނީގެ އެހެން ފިހާރައެއްގައި ހުރެދާނެ ކަމަށް ބަލައި ފާމަސިސްޓުންގެ ދައުރު ވެސް ބޮޑުކުރުން ހިމެނޭ" އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމަށް ސަރުކާރުން ވަނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި މިދިޔަ ސެޕްޓެމްބަރު 9 ގައި ހާއްސަ ކުންފުންޏެއް އުފައްދައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ކުންފުނި މިހާރު ހިނގައިގަންނަން ފަށާފައިވާ ކަަމަށާއި ރަނގަޅަށް މަސައްކަތް ކުރަން ފެށުމުން އަދި މާ ބޮޑުތަނުން ކަންކަން ރަނގަޅު ކުރެވޭނެ ކަމަށެވެ. އެއީ ބޭހާ ގުޅޭ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ވަކި ކަމަކަށް ފޯކަސް ކޮށްގެން މަސައްކަތް ކުރާނެ ކުންފުންޏަކަށް ވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭސް ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޝަކުވާ ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، ސަރުކާރުން ބުނަމުން އަންނަނީ އެކި ނިޒާމުތައް ތައާރަފު ކޮށްގެން ވެސް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަމަށެވެ. ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ ވެސް އޭގެ ތެރެއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް