ads
ސިވިލް ސާވިސް މުވައްޒަފުންތަކެއް ވެލާނާގެއިން ނުކުންނަނީ - ފައިލް ފޮޓޯ: ސަން
ރިޓަޔާވުމަށްފަހު އަލުން ވަޒީފާ އަދާކުރަން ފަށާނަމަ ޕެންޝަން ނުލިބޭގޮތް ހަދައިފި
ދައުލަތުގެ ވަޒީފާއެއް އަދާ ކުރުމަށްފަހު ރިޓަޔާ ކުރާ މީހުންގެ ތެރެއިން އަލުން ދައުލަތުގެ ވަޒީފާއާ ގުޅޭ މީހުންނަށް، އެ ވަޒީފާ އަދާ ކުރަމުންދާ މުއްދަތުގައި ޕެންޝަން ނުލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.
Advertisement

ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފައިވާއިރު، އެ ގަވައިދުގައިވަނީ ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ
ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެ ނަމަ އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

މިގޮތުން ކުރިން ލިބެމުންދިޔަ މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް ވެސް ގަވައިދުގައި ވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ، އެ ހާލަތުގައި ހުންނަ މީހަކު ވަޒީފާ އިން މުސްކުޅި ކުރުމަށް ފަހު، އަލުން އަދާކުރަން ފެށި ދައުލަތުގެ އިންތިހާބީ މަގާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށައިފައިވާކަން ޕެންޝަން އޮފީހަށް އަންގަންވާނެ ކަމަށެވެ. 

ރިޓަޔަކުރުމުން ދިގު މުއްދަތަށް ޕެންޝަން ލިބޭ އިދާރާތަކުގެ ތެރޭގައި ފުލުހުންގެ އިދާރާ އާއި އެމްއެންޑީއެފާއި ކަސްޓަމްސް އަދި އިމިގްރޭޝަނާއި ކަރެންޝަންސް ފަދަ އިދާރާތައް ހިމެނެ އެވެ. ކުރިން އެފަދަ އިދާރާތަކުން ރިޓަޔާ ކުރުމަށް ފަހު އިންތިހާބީ މަގާމުތަކަށް އަންނަ މީހުންނަށް ވެސް ޕެންޝަން އެލަވަންސް ދިޔައީ ލިބެމުންނެވެ.

ފުލުހުންގެ ވަޒީފާއިން ރިޓަޔާވުމަށް ފަހު އިންތިހާބީ މަގާމަކަށް ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ މަގާމަކަށް އަންނަ މީހުންނަށް ރިޓަޔަމަންޓު އިނާޔާތް ނުލިބޭ ގޮތަށް ގަވާއިދު ބަދަލުކުރީ މިފަހުންނެވެ.

އުމުރުން 65 އަހަރު ފުރުމުން ދައުލަތުގެ ވަޒީފާއިން މުސްކުޅި ކުރާ ފަރާތްތަކަށް ވެސް ރީއެމްޕްލޯއީމެންޓު އުސޫލެއްގެ ދަށުން އަލުން ދައުލަތުގެ އިދާރާތަކުން ވަޒީފާ ލިބޭގޮތް ހެދުމަށާއި އެގޮތަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތައް ބަޔާން ކުރާ ބިލެއް މަޖިލީހަށް އޮތީ ހުށަހަޅާފަ އެވެ.

އެ ބިލު ގާނޫނަކަށް ވުމުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރަމުން ދަނިކޮށް އުމުރުން 65 އަހަރު ފުރޭ މީހުންނަށް އެމީހުންގެ އުމުރުން 75 އަހަރު ފުރުމާ ހަމައަށް ދައުލަތުގެ އިދާރާތަކުގައި އަލުން ވަޒީފާ އަދާކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް