އެ މިނިސްޓްރީން މިއަދު ނެރުން އިއުލާނެއްގައި ވާ ގޮތުން ކުރިޔަށް އޮތް 2026 އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ވިޔަފާރި ތަކަށް ހާއްސަކޮށްގެން އެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ.މުއިއްޒު ނިންމާފައިވާ 2 އަހަރު ކަމަށެވެ.
އެ ގޮތުން އެކަން ތަންފީޒު ކުރުމަށް އެ މިނިސްޓްރީން އެ ވިޔަފާރި ތަކަށް ލުއި ގޮތްތަކެއް ހޯދައި ދިނުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަން ނިންމާފައިވާ ކަމުގައި އެވެ.
އެ ގޮތުން މާލެ ސަރަހައްދު، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ކުދި އަދި މެދު ވިޔަފާރި ކުރާ ފަރާތަކަށް ހާއްސަކޮށްގެން ސްޓޯރޭޖް ފެސިލިޓީތަކެއް ގާއިމުކޮށް ހެޔޮ އަގުގައި މުދާ ރައްކާކޮށް ގުދަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ އިދާރާއިން ފާހަގަ ކުރެ އެވެ.
އެ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެ ކަމާއި ގުޅިގެން ކަމާއި ގުޅުން ހުރި އެންމެހައި ފަރާތަށް ހިމެނޭ ގޮތަށް ތަފްސީލުތައް އާންމުު ކުރަމުން ދާނެ ކަމުގައި އެވެ.
އެ މިނިސްޓްރީން އިތުރަށް ހާމަ ކުރި ގޮތުގައި އެމް.ޕީ.އެލް އިން މުދާ ކްލިއާ ކުރުން މިހާރަށް ވުރެން އަވަސް ކުރުމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ މުދާ އުފުލާ އުޅަނދު ފަހަރުގެ ކަންކަން މިހާރަށް ވުރެން ހަރުދަނާކުރުމަށް މިކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމުގައި އެވެ.