އެނގިފައިވާގޮތުގައި މި ހަފުތާގެ ތެރޭގައި ސާޖިދު ސަސްޕެންޑްކޮށް ވަނީ އޮފީހަށް ނުނިކުތުމަށް އަންގައިފަ އެވެ. ތުހުމަތު ކުރެވޭ މައްސަލައިގެ ފުރިހަމަ ތަފްސީލު އަދި ނުލިބެ އެވެ.
މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ސާޖިދު އެ މަގާމަށް އައްޔަން ކުރެއްވީ, ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް, އެފްއައިޔޫގެ އޭރުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް, މަގާމުން ދުރުކޮށްފައެވެ.
އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ހަރަދުކުރުމާއި ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވަން ހަދާފައިވާ އެމްއެމްއޭގެ ޔުނިޓެކެވެ. އެ މަގާމަށް އައްޔަނުކުރުމުގެ ބާރު ލިބިގެން ވަނީ އެމްއެމްއޭގެ ގަވަރުނަރަށެވެ.