ads
މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ މެއިން ސްޕޮންސާ އަކަށް ބީއެމްއެލް
ޖެނުވަރީ 1ވަނަ ދުވަހާ ހަމައަށް ފެސްޓިވަލް ކުރިއަށްދާނެ
މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.
Advertisement

ވިޒިޓް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން އިންތިޒާމުކުރާ މި ފެސްޓިވަލަކީ ދިވެހި ސަގާފަތާއި، ކާބޯތަކެއްޗާއި، އިޖުތިމާއީ ރޫހު ދައްކުވައިދޭނެ ފެސްޓިވަލެކެވެ.  

މިއަދު ހަވީރުން ފެށިގެން ޖެނުވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލުގެ ތެރެއިން އާ އަހަރާ ގުޅުވައިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފެސްޓިވަލްއަކީ ދިވެހި ފަތުރުވެރިކަމަށް ވޭތުވެ ދިޔަ އަހަރު ލިބުނު މުހިންމު ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެގޮތުން، މިއަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއި، ޖެހިޖެހިގެން ހަވަނަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބު ރާއްޖެއަށް ލިބުން ފާހަގަކުރެވޭނެ އެވެ.

ފެސްޓިވަލްގައި މުނިފޫހިފިލުވުމުގެ އެކި ޒޯންތައް ހުންނާނެ އެވެ. މީގެ ތެރޭގައި އުޅަނދުފަހަރު ދައްކާލުމާއި، މޫދު ކުޅިވަރުގެ ހަރަކާތްތަކާއި، އާއިލާތަކަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. 

މީގެ އިތުރުން، ޑްރޯން ޝޯއަކާއި، އާ އަހަރުގެ ހަވާއެރުވުމުގެ އިތުރުން 2026 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ރަސްމީ ކައުންޓްޑައުން ވެސް މި ފެސްޓިވަލްގައި ކުރިއަށްދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް