ހާލިދާ ޒިއާގެ ބަންގްލަދޭޝްގެ ނެޝަނަލް ޕާޓީ (ބީއެންޕީ)އިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުފުޅުން 80 އަހަރުގެ ހާލިދާ ޒިޔާ، ރޭގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ.
ހާލިދާ ޒިއާގެ ސިއްހީ ހާލުކޮޅު ގޯސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދިޔައީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންނެވެ.
ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި، ޑރ. އަލީ ހައިދަރު އަހުމަދު، ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުހައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ އާއިލާގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ންގްލާދޭޝްގައި ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ޚާލިދާ ވަނީ ޝައިހް ހަސީނާގެ ވެރިކަމުގައި ކޮރަޕްޝަންގެ ދައުވާކޮށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 2018 ވަނަ އަހަރު ޖަލަށް ލައިފަ އެވެ. އަދި ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުން ވެސް މަނާކުރި އެވެ.
ޚާލިދާ ޖަލުން މިނިވަންކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކުގަ އެވެ.