ކުޑޫ މިހެން ވިދާޅުވީ އާ އަހަރު ފެށުން ފާހަގަކުރުމަށް މިރޭ ހަވާއެރުވުމާއި އެކު ޑްރޯން ޝޯއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން އިއްޔެ ބުނުމުންނެވެ. އެ ވާހަހަކަތަކާއި ގުޅިގެން ކުޑޫ އެކްސްގޢި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރުގައި ތިބި ކިޔަޥާ ކުދިންނަށް ދޭނެ ފައިސާ އަދި ރައްޔިތުން ބޭނުންވާ ޒަރޫރީ ބޭސް ގެންނާނެ ފައިސާ އެއްނެތްކަމަށެވެ. އެހެން ނަމަވެސް ކުޅިވަރާ މަޖަލާ ސަކަރާތައް ހޭދަ ކުރާނެ ފައިސާ ސަރުކާރުގައި އެބަހުތިކަމަށެވެ.
އާއަހަރު ފަށަން މި އަހަރު ބާއްވާ ޑްރޯން ޝޯ އޮންނާނީ މިރޭ 09:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ހަވާ އެރުވުން އޮންނާނީ މިރޭ 12:00 ގައެވެ.
މި އަހަރު އާ އަހަރު ފާޙަގަ ކުރުން މިދިޔަ އަހަރަށް ވުރެ ކުލަ ގަދަވާނެކަމަށް ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވަނީ ވިދާޅުވެފައެވެ.