ads
ހަސަން މަހްމޫދު (މަންޑޭ)
މަންޑޭ 397 އަހަރަށް ޖަލަށް
ކޭޕާކު ހިޔާނާތާ ގުޅިގެން ހަސަން މަމްދޫހު، މަންޑޭ 397 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
Advertisement

މަންޑޭގެ މައްޗަށް 397 އަހަރުގެ ހުކުމެއް އައީ  ކްރިމިނަލް ކޯޓުގައި 94 ދައުވާ ސާބިތުވެގެންނެވެ. 

މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތައް:

1. ޓެކުން (46 ދައުވާ)

2. އޮޅުވާލުމުގެ ޢަމަލެއް ކުރުން (44 ދައުވާ)

3. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން (3 ދައުވާ)

4. މަނީ ލޯންޑްރިން (1 ދައުވާ)

މި މައްސަލަތަކާ ގުޅިގެން މަންޑޭގެ ޕާޓްނަރު ޖައިޝަމް 159 އަހަރަށް ޖަލަށްލާންވެސް މިއަދު ހުކުމް ކުރިއެވެ. 

ޖައިޝާންގެ މައްޗަށް ސާަބިތުވީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 41 ދައުވާއާއި ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 44 ދައުވާ އާއި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އަދި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް