ads
ފައްތާހުގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ
ފައްތާހުގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ
ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ކުރީގެ ޑައިރެކްޓަރު އަބްދުލްފައްތާހު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުއްޖެ އެވެ.
Advertisement

ފައްތާހު ނިޔާވީ ހާޓް އެޓޭކާ ގުޅިގެން ހއ. ކެލާ އިން ހއ. ދިއްދޫއަށް ގެންގޮސް އެ ރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އުމުރުން 54 އަހަރުގެ ފައްތާހު އެންމެ ފަހުން ޑައިރެކްޓް ކުރީ 2017 ވަނަ އަހަރު ނެރުނު "ހައްދު" ފިލްމު އެވެ.

ފައްތާހް އޭގެ ފަހުން ރަށަށް ބަދަލުވެ އޭނާ ގެންދިޔައީ ކެލާގައި އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން ގައުމީ ހިދުމަތުގެ އިނާމު ހާސިލުކޮށްފައިވާ ފަންނުވެރިއެއް ކަމަށްވާ ފައްތާހު ނިޔާވުމުގެ ހިތާމައިގާ، އެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

ފައްތާހު ނިޔާވި އިރު، އޭނާ އައީ އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އޭނާއަށް ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓު ވެސް ލިބިފަ އެވެ.

ފައްތާހު ފޭސްބުކްގައި ކުރިން ކުރި ޕޯސްޓެއްގައި ބުނީ ކެލާ ކައުންސިލް ރައީސް ކަމަށް ކުރިމަތިލަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް