ރައީސް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ވަނީ ބަންދުކުރެވިފައި.ވާ ކަމަށެވެ.
މަސާޖުޕާލާތަކުގެ ނަމުގައި މާލޭގައި ތަންތަން ހިންގާއިރު އެއީ ހަށިވިއްކުމަށް ހިންގާ ވިިޔަފާރިތަކެއް ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އެ ގޮތަށް ފާހަގަވާ ގޮތަށް އިޝްތިހާރުކޮށް، ބިދޭސީން ފާޅުގައި ދަނީ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ.
އެ ތަންތަން ރަޖިސްޓަރީ ކޮށްފައި ހުންނަނީ ދިވެހިންގެ ނަމުގައި ކަމަށް ވިޔަސް ހުރިހާ ބާރެއް ބިދޭސީންނަށް ދޫކޮށް، މާލޭގެ އެކި އެޕާޓުމަންޓުތައް ހިފައިގެން "ހަށިވިއްކާ" މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ ބިދޭސީން ގެންދަނީ އެ މީހުންގެ އަމިއްލަ ފޮޓޯ އާއި މޮބައިލް ނަމްބަރު ވެސް ސޯޝަލް މީޑިއާގައި ފަތުރައި، އިޝްތިހާރު ކުރަމުންނެވެ.
މާލެ އިން އިއްޔެ ފާސްކުރި މަސާޖުޕާލާއެއްގައި މަސައްކަތްކުރާ ތަނެއްގެ ކޮޓަރިއެއް. - ފޮޓޯ: އިމިގްރޭޝަން
ރައީސް މީގެ ކުރިން ވިދާޅުވީ މުޖުތަމައުގައި ހުރި މި ކަހަލަ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުން ހުށަހަޅާ ހިޔާލުތައް އެ މަނިކުފާނު ނަންގަވަނީ "ވަރަށް ޕޮޒިޓިވް ނޯޓެއް"ގައި ކަމަށެވެ. ކޮންމެ މީހަކު ހުށަހަޅާ ހިޔާލު ވެސް އަޑުއައްސަވާނެ ކަމަށާއި އެކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.