އެޗްޑީސީން ނެރުން ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް، ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާކަމަށެވެ.
ވީމާ، ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ޕާކިން ޒޯނުގެ ބޭރުން ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދު، 1 ޖެނުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 00:00 ގެ ކުރިން އެ ސަރަހައްދުން ނެންގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައި އެވެ. އަދި ދެންނެވުނު މުއްދަތުގެ ކުރިން އެ އުޅަނދުތައް އެ ސަރަހައްދުން ނަގާފައި ނުވާނަމަ، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އެތަކެތި އެ ސަރަހައްދުން ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ
އަދި އެ މަސައްކަތުގެ ތެރެއިން އުޅަނދަށް ނުވަތަ އުޅަނދެއްގެ ވެރިފަރާތަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަވެސް އާންމުކޮށް އަންގައި އިއުލާން ކުރާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ
އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީން ވަނީ ސުކުރު އަދާކޮށްފައި އެވެ