މިހާރުވެސް، ދެ މައްސަލައެއްގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް އާދިއްތަ ދުވަހު ހުކުމް ކުރަނީ، (އެފްއޭއެމް) އަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ހިޔާނާތްތެރިވި މައްސަލައިގައެވެ.
1.2 މިލިއަން ޑޮލަރުގެ މައްސަލައަކީ، އެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް މައްސަލައެވެ. މި މައްސަލައިގައި ބައްސާމްގެ މައްޗަށް ކޮށްފައިވަނީ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާއެވެ.
އެ މައްސަލާގައި ބައްސާމްގެ އިތުރުން އަމިން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށާއި އިތުރު ދެ މީހެއްގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ. އެ ދެ މީހުންނަކީ އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެ އިދާރާގެ އެކި މަގާމްތައް އަދާކުރި ހަސަން ވަހީދު އެވެ.