ads
މަޝްރޫއުތައް ހިންގުމަށް ޑިއުޓީ މާފުކޮށްގެން ގެނެސް އަނބުރާ ނުގެންދާ އުޅަނދުތައް ހުއްޓުވާން
މަޝްރޫއުތައް ހިންގުމަށް ޚާއްސަކޮށް ގެންނަ އުޅަނދުތަކަށް ޑިއުޓީ މާފުކޮށްދީގެން ރާއްޖެ އެތެރެކޮށްދިނުމުން، އެ އުޅަނދުތައް އަނބުރާ ނުގެންގޮސް، ވިޔަފާރީގެ އުސޫލުން އެހެނިހެން ބޭނުންތަކަށް ބޭނުންކުރާނަމަ އެއުޅަދުތައް ހުއްޓުވާ ފިޔަވަޅު އަޅާނެ ކަމުގެ ވަރުގަދަ އިންޒާރެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ދީފި އެވެ.
Advertisement

ކަސްޓަމްސްއިން ނެރުން ބަޔާނެއްގައިވާ ގޮތުން، އެކިއެކި މަޝްރޫއުތަކަށް ހާއްސަކޮށް ޑިއުޓީ މާފުކޮށް، އެތެރެކޮށްފައި ހުރި އުޅަނދުތައް އަނބުރާ ނުގެންގޮސް، އެކި ފަރާތްތަކަށް ކުއްޔަށް ދޭކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ރައީސް އަށް ހުށަހަޅާފައިވާ ކަމުގައި އެވެ.

އެކަން ހައްލުކުރުމަށްޓަކައި އެކިއެކި މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މާފުކޮށް، ރާއްޖެއަށް އެތެރެކޮށްފައި ހުރި އުޅަނދުތައް، އެ މަޝްރޫއެއް ނިމުމުން އަނބުރާ ރާއްޖެއިން ބޭރަށް ނުގެންގޮސް، އިމްޕޯޓް ޑިއުޓީ ނުދައްކައި އެކި ފަރާތްތަކަށް ކުއްޔަށް ދީ، ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާނަމަ، އެ އުޅަނދުތައް ހޯދާ ހުއްޓުވާނެ ކަމަށާއި އަދި އެ އުޅަނދުތަކަށް ހަރުކަށިފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކަސްޓަމްސް އިން މި ބަޔާނުގައި ދީފައިވެ އެވެ.

އަދި އެފަދަ އުޅަނދުތައް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، އެފަރާތްތަކުގެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޑިއުޓީ ނެގުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް