ads
މި މައްސަލައިގައި ހައްޔަރުކުރި ޒުވާނާ: އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައި - ފޮޓޯ/ ފުލުހުން
މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ރުފިޔާއާ އެކީ ޒުވާނަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ރުފިޔާއާ އެކީ، މާލޭގެ ގެއަކުން 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ، މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެގޮތުން، ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 35 ގުރާމުގެ ތަކެއްޗާއި 69،000އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ޖާއިފުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަން ފުލުހުން ފާހަގަކުރި އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް