ads
ކުޅިވަރުގެ ދާއިރާގެ ވަސީލަތްތައް 17 ރަށެއްގައި ގާއިމް ކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި ސިވެކްުން ސޮއިކުރުމަށް ފަހު، ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި އޭގެ ތެރެއިން ބައެއް ދާއިރާތަކުގެ މެމްބަރުން އަދި މިނިސްޓްރީގެ ބައެއް އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން. - ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުމަށް ސިފައިންގެ ކުންފުންޏަށް ދީފި
އެކި ރަށްރަށުގައި ކުޅިވަރާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރަން ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ސްޕޯޓްސް މިނިސްޓްރީން ހަވާލުކޮށްފި އެވެ.
Advertisement

ރާއްޖޭގެ 17 ރަށެއްގައި 20 ކުޅިވަރު މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝާން އަބްދުﷲ އެވެ. އަދި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)ގެ ފަރާތުން ސޮއިކުރައްވީ ސިވެކްގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހުމަދު ޒުބެއިރު އެވެ.

ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:

އދ. ފެންފުށި ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުން.

އދ. އޮމަދޫ ހޭންޑްބޯޅަ ކޯޓު ގާއިމްކުރުން.

ބ. ކަމަދޫ ފުޓްސަލް ދަނޑު ތަރައްގީކުރުން.

ފ. ދަރަނބޫދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން.

ފ. ދަރަނބޫދޫ ވޮލީކޯޓު ގާއިމްކުރުން.

ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކުރުން.

ހއ. ދިއްދޫ ސްވިމިން ޓްރެކް ގާއިމްކުރުން.

ހދ. މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން.

ހދ. ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމްކުރުން.

މ. ވޭވަށް ފުޓްސަލް ދަނޑު ތަރައްގީކުރުން.

ނ. ހޮޅުދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ގާއިމްކުރުން.

ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑު ތަރައްގީކުރުން.

ނ. ޅޮހި ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމްކުރުން.

ނ. ޅޮހި މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ގާއިމްކުރުން.

ނ. ޅޮހި އައުޓްޑޯ ވޮލީކޯޓު ގާއިމްކުރުން.

ނ. މަގޫދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން.

ނ. މަނަދޫ އައުޓްޑޯ ވޮލީކޯޓު ގާއިމްކުރުން.

ނ. މިލަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމްކުރުން.

ނ. ވެލިދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ގާއިމްކުރުން.

ވ. ފުލިދޫ ފުޓްސަލް ދަނޑު ތަރައްގީކުރުން.

ދިވެހި އަމިއްލަ ކުންފުނިތަކާ މިދިޔަ އަހަރުގެ ނޮވެމްބަރު ހަ ވަނަ ދުވަހު ސަރުކާރުން ހަވާލުކުރި 206 ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި ވެސް ކުޅިވަރުގެ ދާއިރާގެ 52 މަޝްރޫއެއް ހިމެނެ އެވެ. އެ 52 މަޝްރޫއުގެ އަގު 197.30 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ކުޅިވަރު ދާއިރާގެ ބަައެއް މަޝްރޫއުތައް މީގެ ކުރިން އެމްޓީސީސީ އާއި އެމްއޭސީއެލް ފަދަ ކުންފުނިތަކާ ވެސް ވަނީ ހަވާލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް