ads
މައުމޫން ފައުންޑޭޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުން: މި އެއްބަސްވުމުގެ ދަށުން ދީނީ މުނާސަބާތަކުގައި ރައީސް މައުމޫން ތަގުރީރު ކުރެއްވުން ހިމެނޭ - ފޮޓޯ/ މައުމޫން ފައުންޑޭޝަން
އިސްލާމިކް މިނިސްޓްރީ އާ މައުމޫން ފައުންޑޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މައުމޫން ފައުންޑޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ދަ މައުމޫން ފައުންޑޭޝަނާ ދެމެދު، އެ ބައެއްގެ ދާއިރާއާ ގުޅޭގޮތުން، އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި ފަހުމުނާމާގެ ދަށުން އިސްލާމީ މަރުކަޒު ޢިމާރާތުގައި ހުރި އާބާތުރަ ފިލުވައި، އެކަށީގެންވާ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ޢިމާރާތަކަށް ހެދުމަށް މަޝްރޫޢެއް ރާވައި، ރާއްޖެއާއި ރާއްޖޭން ބޭރުން އެހީ ހޯދައިގެން، ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެ މަތިން މައުމޫން ފައުންޑޭޝަނުން އެ މަސައްކަތް ކުރާނެ ކަމަށް އެ ފައުންޑޭޝަނުން ވަނީ ބުނެފަ އެވެ.

އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އިސްލާމީ މަރުކަޒުގައި ކުރިޔަށްގެންދާ ދީނީ މުނާސަބާތަކުގައި ރައީސް މައުމޫން ތަޤްރީރު ކުރައްވާނެ ކަމަށް ވެސް އެ ފައުންޑޭޝަނުން ބުންޏެވެ. އަދި ރައީސް މައުމޫން ލިޔުއްވާފައިވާ ދީނީ ފޮތްތައް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އިސްލާމީ މަރުކަޒުގެ ލައިބްރަރީގައި ޢާންމުކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ނިންމައިފައެވެ.

މި ފަހުމުނާމާގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް