ads
ތެލެސީމިއާ ސެންޓަރަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ތެލަސީމިއާ އިނާޔަތަށް އެދެން ހުޅުވާލައިފި، އަންނަމަހުން ފެށިގެން ލިބޭނެ
ތެލަސީމިއާ ބަލި ކުދިންނަށް ސަރުކާރުން ދޭ އިނާޔަތަށް އެދެން ތެލެސީމިއާ ސެންޓަރުން ހުޅުވާލައިފިއެވެ.
Advertisement

ތެލަސީމިއާގެ ހާލަތާ ގުޅިގެން އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުދިންނަށް  ހާއްސަ އިނާޔަތެއް ކަނޑައެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެފުޅެކެވެ. އެގޮތުން ތެލެސީމިއާ ކުދިންނަށް އިނާޔަތެއްގެ ގޮތުގައި މަހަކު 2000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި އާއިއެކު މި އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގަވައިދު އެކުލަވާލާ ތެލަސީމިއާ ސެންޓަރުން ވަނީ އާއްމުކޮށްފައެވެ.

މި ގަވާއިދުގެ ދަށުން އެލަވަންސް ދިނުމުގެ ކަންކަން ތަންފީޒުކުރާނީ އަލަށް އުފައްދާ ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރާ ގުޅިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީންނެވެ.  އެލަވަންސް ދެނީ ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގައި ބަލަހައްޓަމުން އަންނަ ތެލަސީމިއާ ހުންނަ މީހުންގެ ގައުމީ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. 

ތެލަސީމިއާ އެލަވަންސް ދޭނީ އެލަވަންސަށް އެދި ހުށަހަޅާ އެޕްލިކޭޝަން އެޕްރޫވްވުމަށްފަހު ޖެހިގެން އަންނަ މީލާދީ މަހުން ފެށިގެންކަމަށް ގަވައިދުގައިވެއެވެ. އެހެންކަމުން ފުރަތަމަ އިނާޔަތް ދޭން ފަށާނީ އަންނަމަހުން ފެށިގެންނެވެ. 

އެލަވަންސް ދޭނީ ތެލަސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުއްޖެއްގެ ގޮތުގައ،ި ސެންޓަރުގެ ފަރާތުން 

ބަލަހައްޓާ ދަފުތަރުގައި އެ ކުއްޖެއްގެ ނަމާއ،ި އެހެނިހެން މައުލޫމާތު ހިމަނައިފައިވާ މުއްދަތުގައިކަމަށް ގަވައިދުގައިވެއެވެ. އަދި އެލަވަންސް ދޭނީ ކޮންމެ މީލާދީ މަހެއްގެ 10  ވަނަ ދުވަހުގެ ކުރިންކްމަށްވެސް ގަވައިދުގައިވެއެވެ.  

އެލަވަންސް ދިނުން ހުއްޓައިލާނީ  އެލަވަންސް ލިބޭ ކުއްޖާއަކީ ކަމާ ގުޅޭ ފަހުގެ ސިއްހީ މިންގަނޑަށް ބަލައ،ި ތެލަސީމިއާއަށް އިތުރަށް ފަރުވާކުރަން ނުޖެހޭ ކުއްޖެއްކަމަށް ސެންޓަރުން ކަނޑައަޅާ ތާރީޚުން ފެށިގެންނެވެ. 

މީގެއިތުރުން މި އެލަވަންސް ލިބެމުންއައި ތެލަސީމިއާ ކުއްޖާ މަރުވުން ނުވަތަ އެލަވަންސް ލިބެމުންއައި ކުއްޖަކު އެލަވަންސް ބޭނުންނުވާކަމަށް ލިޔުމުން އެދިގެން އެލަވަންސް ދިނުން ހުއްޓާލެވިދާނެކަމަށް ގަވައިދުގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް