އޭނާ ވަނީ ސޯޝަލް މީޑިޔާގައި އެކަން އިއުލާނުކުރައްވާފައި އެވެ.
އޭނާ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ހަރަކާތްތަށް ފުޅާކޮށް އިތުރަށް ވަރުގަދަކޮށް ސިޔާސީ ޕާޓީއެއްގެ ރޯލު އަދާކުރުމުގާ އިހު އޮތް ރޫހުއާލާކުރުމަށްޓަކާ އެމްޑީޕީގެ ޗެއާ ޕާސަން ކަމަށް ކުރިމަތިލުމަށް ވިސްނާވާ ކަމުގައި އެވެ.
ރީކޯ އަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ފާހަގަ ވެފައިވަނީ ކުރިން ރައީސް ނަސީދުގެ އަރިސް ބޭފުޅެއްްގެ ގޮތުގައި އެވެ. ނަމަވެސް ބައެއް މައްސަލަތައް ޖެހި ފަހުން ރީކޯވެގެން ގޮސްފައިވަނީ ރައީސް ނަސީދު ވަރަށް ބޮޑަށް ފާޑު ކިޔުއްވި އެއް ބޭފުޅަކަށެެވެ. އަދި ފަހުން އޭނާ ވަނީ ކުރީގެ ރައީސް އިބޫގެ އަރިސް ބޭފުޅަކަށް ވެގެން ގޮސްފައި އެވެ.
އެމްޑީޕީގެ ޗެއާ ޕާރްސަން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ނިންމާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ކަމަށް އެ ޕާޓީން ވަނީ ނިންމާފައި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންއަކަށް މިވަގުތު ހުންނެވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އެވެ.