މިކަމާއި ގުޅިގެން ވެނެޒުއޭލާގެ ސަރުކާރުން ބުނެފައިވަނީ މި ގޮވުން ތަކުުގެ ފަހަތުގައި އޮތީ އެމެރިކާކަމަށްަ ސައްކުކުރެވޭ ކަމުގައި އެވެ.
ތެލުގެ ބޮޑު ރިޒާވްއެއް އޮންނަ ވެނެޒުއޭލާގެ ބައެއް ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި މީހުން ކޮށްފައިވާ ޕޯސްޓްތަކާއި ވީޑިއޯތަކުން ބެލުމަށް އެ ގައުމުގެ ސަރުކާރުން ބުނީ މެންދަމުން އަލިވެ 2 ޖެހި ފަހުން ހެލިކޮޕްޓަރުތަކެއް ވެނެޒުއޭލާ ތެރެއަށް ވަރަށް ތިރިން އުދުހެމުން ވަނީ ވަދެފަވާ ކަމަށާއި ހެލިކޮޕްޓަރު އުދުހޭ އަޑާއި ބާރުގަދަ ގޮވުންތަކުގެ އަޑު އެކި ހިސާބަތަކުން އިވިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމުގަ އެވެ.
މި ގޮވުންތަކާއި އެކު އެ ގައުމު ވަނީ މިހާރު ކުއްލި ނުރައްކާ އިއުލާނުކޮށްފައި އެވެ.
ބައެއް މީޑިޔާތަކުން ބުނާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ ބައެއް ސަރަހައްދު ތަކުގައި ކަރަންޓެއް ވެސް ނެތް ކަމުގައިި އެވެ.
ސޯޝަލް މީޑިއާގައި މީހުން ބުނެފައިވާ ގޮތުގައި ހަމަލާ ދިން ތަންތަނުގެ ތެރޭގައި ކަރަކަސްގެ ފުއެރްޓޭ ޓިއުނާ ފަދަ އަސްކަރީ ތަންތަން ހިމެނެ އެވެ.
އަދި އެއާކްފާޓްތައް ވައިގެ ސަރަހައްދަށް ވަނުމާ އެކު ވެނެޒުއޭލާގެ ވައިގެ ދިފާއީ ނިޒާމުން ރައްދު ވެސް ދިން ކަމަށް ބުނެފައިވެ އެވެ.
އެމެރިކާ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވެނެޒުއޭލާގައި ކުރިޔަށް ގެންދާ ގާނޫނާއި ހިލާފަ މަސްތުވާތަކެއްތީގެ ނެޓް ވޯކް ނައްތާލަން ހަނގުރާމަ އަށް ތައްޔާރަށް ތިބުމަށް އެމެރިކާގެ އަސްކަރީޔާ އަށް އަންގާފައި ކަމަށް މައުލޫމާތު ލިބެ އެވެ.
އަދި މިހާރުވެސް ވެނެޒުއޭލާގައި ކުރިޔަށްދާ ގާނޫނާ ހިލާފަ މަސްތުވާތަކެއްތީގެ ނެޓް ވޯކްތަކާއި ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށް ބުނެ އެ ގައުމުގައި އެމެރިކާގެ ސިފައިން ދަނީ ބޮޑެތި ހަރަކާތްތަކެއް ހިންގަމުން ނެވެ.