ޔަމަނުގެ އެއްބައިވަންތަކަމަށާއި ޓެރިޓޯރިއަލް އިންޓަގްރިޓީއަށް ތާއީދުކޮށް ރާއްޖޭން މިއަދު ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޔަމަނުގެ މަސްރަހު ގާތުން ބަލަމުން އަންނަ ކަމަށެވެ.
މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލުން ނިންމާފައިވާތީ އާއި ސައުދީގެ ވެރިރަށް ރިޔާދުގައި ވާހަކަތައް ކުރިއަށް ގެންދަން އެ ގައުމުން އިސްނަގާފައި ވާތީ އެކަމަށް ވެސް މަރުހަބާ ކިޔާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމައަކީ 2011 ވަނަ އަހަރު ފެށުނުގެ އިހުތިޖާޖުތަކާ ގުޅިގެން އެ ގައުމުގެ މަސްރަހު ނުތަނަވަސްވެފައި ވަނިކޮށް، 2014 ވަނަ އަހަރު ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަންޢާ ހިފުމާ ގުޅިގެން ފެށުނު ހަނގުރާމަ އެކެެވެ.
ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިއްތިހާދުން މި ހަނގުރާމައިގެ ތެރެއަށް ވަނުމުން ހަމަނުޖެހުންތައް އިތުރަށް ހޫނުވެގެން ގޮސްފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ޔަމަނުގެ ބޮޑު ބައެއް ބޮޑު ބަޑުހައިހޫނުކަމެއްގެ ތެރެއަށް ވެއްޓި، ދުނިޔޭގެ ތާރީހުގައިވެސް ކުރިމަތިވި ކޮލެރާ ބަލީގެ އެންމެ ނުރައްކާތެރި ވަބާ އެ ގައުމުގައި ފެތުރިގެންދިޔަ އެވެ.