ads
ބައްސާމްގެ މައްޗަށް އިތުރު ދެ ދައުވާ ސާބިތުވެއްޖެ
ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ، އެފައިސާ ލޯންޑާކުރިކަން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ސާބިތުވެއްޖެ އެވެ.
Advertisement

ބައްސާމްގެ މައްޗަށް މިއަދު ހުކުމް ކުރި މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. 

މި މައްސަލާގައި ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ބައްސާމްގެ މައްޗަށް ވަނީ އުފުލާފަ އެވެ. މި މައްސަލައިގައި ބައްސާމް ގަނެފައިވާ ޕެންޓްހައުސް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓާފަ އެވެ.

މިއަދު އޮތް އެ މައްސަލައިގެ ނިޔާ ކަނޑައެޅުމުގެ އަޑުއެހުމުގައި ބައްސާމްގެ މައްޗަށް އެ ދެ ދައުވާ ސާބިތުވާކަމަށް ގާޒީ މުހައްމަދު މިސްބާހް ވަނީ ހުކުމް ކުރައްވާފަ އެވެ.

މި މައްސަލާގައި ދެން ދައުވާކުރާ މީހުންނާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އޭގެ ތެރެއިން ހަސަން ވަހީދު ވަކީލަކު ނެތުމުން، ވަކީލަކާއެކު ހުލާސާ ބަޔާން އިއްވުން އަންނަ އަންގާރަ ދުވަހަށް ތާވަލުކުރުމަށް ގާޒީ ނިންމެވި އެވެ.

ދެން ދައުވާކުރާ އަގީލާއި އަމިން ކޮންސްޓްރަކްޝަންގެ ބައި ވެސް އެ ދުވަހު ކުރިއަށްގެންދާ ގޮތަށް ނިންމަވައި، ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ.

ބައްސާމް މިހާރުވެސް ހުރީ ޖަލުގަ އެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރުގެ ހުކުމް ތަންފީޒު ކުރުމަށެވެ.

ފީފާގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ, މި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންނާއި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް