މި މަޝްރޫއުގެ ދަށުން އެ ރަށުގެ އިންޑަސްޓްރިއަލް ޒޯންގެ 3 ހެކްޓަރުގެ ސަރަހައްދެއްގައި ބިންހިއްކުމުގެ މަސައްކަތާއި 32,647 ކިއުބިކް މީޓަރުގެ ވެލި ރިވެޓްމެންޓަށް ބަރުކުރުމާއި 254 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.
އަދި 89 މީޓަރުގެ ޕްރީކާސްޓް އާރްސީ ރީޓެއިނިން ފާރެއް ލުމާއި ބަނދަރު ބައްތި ހަރުކުރުމާއި ނެރު ބައްތި ހަރުކުރުމާއި 47 މީޓަރު ދިގު 3 މީޓަރު ފުޅާ ޓިމްބާ ޖެޓީއެއް ހެދުން ހިމެނެ އެވެ.
އޭގެ އިތުރުން ޕިކްނިކް އައިލެންޑްގެ 2 ހެކްޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި ޕިކްނިކް އައިލެންޑްގެ 474 މީޓަރުގެ ސަރަހެއްދެއްގައި ރިވެޓްމެންޓް ޖެހުމާއި ޕިކްނިކް އައިލެންޑްގެ 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
ސިނާއީ މަސައްކަތްތަކަށް ހާއްސަ ސަރަޙައްދެއް ތިނަދޫގައި ތަރައްގީކުރެވިގެންދިއުމަކީ އެ ރަށުގެ އިގްތިސާދީ ކުރިއެރުމާއި ގުޅިފައިވާ މުހިއްމު މަޝްރޫއެއްކަމަށް ސަރުކާރުން ބުނެ އެވެ. މި މަޝްރޫއަކީ އެ ރަށަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށް ހުޅުވިގެންދާނެ ދޮރެކެވެ.