ބީއެމްއެލް އިން ބުނީ ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކުން އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ސްޓޫޑެންޓް ކާޑުން ހަދާ ހުރިހާ ޓްރާންސެކްޝަނެއް ގުރުއަތުގައި ހިމެނޭނެ ކަމުގަ އެވެ.
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި މެލޭޝިއާގެ ލެގޯލޭންޑަށް ދަތުރެއް ލިބޭނެއެވެ.
މިއިނާމަށް ހޮވޭ ފަރާތަކަށް ހަމަޖެހިގެންދާނެ ކަންތައްތަކަކީ:
• މެލޭޝިއާގެ ޖޮހޯރ އަށް އެއާއޭޝިއާއިން ތިން މީހަކަށް ދެކޮޅު ޓިކެޓު (ކުޑަ ކުއްޖަކާއި ބޮޑު ދެމީހުންނަށް)
• ލެގޯލޭންޑަށް 1 ދުވަހުގެ އެޑްމިޝަން ފާސް
• ޑަބަލް ރޫމެއްގައި 4 ރޭގެ ހުރުން
މީގެ އިތުރުން، ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކު 5 ނަސީބުވެރިން ހޮވާނެއެވެ. މިއިން ކޮންމެ ނަސީބުވެރިއަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ.
މި ޕްރޮމޯޝަނުގައި ހިމެނޭ ވިޔަފާރިތަކުގެ ލިސްޓު އަދި އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.