ads
އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވި ބޭސް ފިހާރައިގެ އެތެރެ: އެތަނުގައި ކުރިން ހިންގީ އެސްޓީއޯގެ ސްމާޓު ސްޓޯރު - ފޮޓޯ/ އެސްޓީއޯ
އެސްޓީއޯއިން މިހާރު 900 އަށްވުރެ ގިނަ ބޭސް އެބަ އެތެރެކުރޭ: ނާޒިމް
ރާއްޖެ އަށް ބޭސް އެތެރެކުރާ މައި ކުންފުނި އެސްޓީއޯ އިން އެތެރެކުރާ ބޭހުގެ ބާވަތްތައް އިތުރު ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖެއިން ޑޮކްޓަރީ ބޭސް ނުލިބޭ މައްސަލަ ބޮޑުކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އެގޮތުން ބޭސް އެެތެކުރާ މިންވަރު އެތައް ގުނައެއް އިތުރުކުރެވިފައިވާކަމަށެވެ. މީގެ ކުރިން އެސްޓީއޯއިން އެތެރެކުރަމުންދިޔައީ 200އެއްހާ ބޭސްކަމަށާއި މިހާރު 800އާއި 900 ދެމެދުގެ ބޭސް އެތެރެކުރެވޭކަމަށް ނާޒިމް ވިދާޅުވި އެވެ. 

މީގެ އިތުރުން އުސޫލުތައް ހަރުދަނާކޮށް ޓްރީޓްމަންޓުގެ ގައިޑްލައިންތައް ހަރުދަނާކޮށްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރު މުޅިން އަލަށް 40 ޓްރީޓްމަންޓުގެ ގައިޑްލައިން އެކުލަވާލާފާއިވާކަމަށް ނާޒިމް ވިދާޅުވި އެވެ. މީގެ ސަބަބުން ޓްރީޓްމަންޓު ދިނުމުގައި ޑޮކްޓަރުންނާއި އަދި ފަރުވާ ދޭ ފަރާއްތަކަށް ބޭނުންކުރާނެ ބޭސްތައް އެންމެ އެކަށޭނެ ގޮތެއްގައި ކަނޑައެޅިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މައި ސަޕްލަޔަރު، އެސްޓީއޯގެ އެތައް އެތަައް ޕަސެންޓޭޖެއް އިތުރު ކުރެވިއްޖެ، ރާއްޖެ އަށް އެތެރެ ކުރާ ބޭހުގެ. ކުރިން އެތެރެކުރަމުންދިޔަ ނިސްބަތާ އަޅާ ބަލައިފައި، ކުރިން ގާތްގަނޑަކަށް 200 އެއްހާ ބޭސް އެތެރެ ކުރަމުންދާ ނަމަ މިހާރު 800 އާއި 900 އާ ދެމެދުގެ ބޭސް އެސްޓީއޯ އިން އެކަނި އެބަ އެތެރެކުރެވޭ،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖެ އަށް ބޭސް އެތެރެކުރުމަށް ސަރުކާރުން ވަނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި މިދިޔަ އަހަރު ސެޕްޓެމްބަރު 9 ގައި ހާއްސަ ކުންފުންޏެއް އުފައްދައިފަ އެވެ.

ބޭސް ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޝަކުވާ ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، ސަރުކާރުން ބުނަމުން އަންނަނީ އެކި ނިޒާމުތައް ތައާރަފު ކޮށްގެން ވެސް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަމަށެވެ. ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ ވެސް އޭގެ ތެރެއިންނެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަން އެއްކޮށް ހައްލުވާނެ ކަމަށް ސަރުކާރުން ދެއްވި ތާރީހުގައި ވެސް އެކަން ހައްލުވެފައެއް ނުވެ އެވެ. ގިނަ ބަޔަކު އަންނަނީ ޒަރޫރީ އެތަކެއް ބޭހެއް ނުލިބުމުގެ ޝަކުވާ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް