ads
ބައްސާމް އަދީލް ޖަލީލް، ޖަލުގައި އިނދެގެން ޝަރިއަތުގައި ބައިވެރިވަނީ
ބައްސާމަށް ތިންވަނަ ހުކުމް ކުރުން މިއަދު
ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ، އެފައިސާ ލޯންޑާކުރިކަން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުށް ސާބިތުވެފައިވާ މައްސަލައިގެ އަދަބު ކަނޑައެޅުން މިއަދަށް ތާވަލުކޮށްފި އެވެ.
Advertisement

ބައްސާމްގެ މައްޗަށް ސާބިތުވި މި މައްސަލައަކީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް މައްސަލައެވެ.

މި މައްސަލާގައި ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ބައްސާމްގެ މައްޗަށް ވަނީ އުފުލާފަ އެވެ. މި މައްސަލައިގައި ބައްސާމް ގަނެފައިވާ ޕެންޓްހައުސް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.

މި މައްސަލައިގައި ބައްސާމްގެ މައްޗަށް އެ ދެ ދައުވާ ސާބިތުވާކަމަށް ގާޒީ މުހައްމަދު މިސްބާހް ވަނީ ނިންމަވާފައެވެ. މިއަދު އޮންނާނީ އަދަބު ކަނޑައެޅުމެވެ. މި މައްސަލާގައި ދެން ދައުވާކުރާ މީހުންނާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

އޭގެ ތެރެއިން ހަސަން ވަހީދު ވަކީލަކު ނެތުމުން، ވަކީލަކާއެކު ހުލާސާ ބަޔާން އިއްވުން  މިއަދު އޮންނާނެ އެވެ. ދެން ދައުވާކުރާ އަގީލާއި އަމިން ކޮންސްޓްރަކްޝަންގެ ބައި ވެސް މިއަދު އޮންނާނެ އެވެ.

ބައްސާމް މިހާރުވެސް ހުރީ ޖަލުގަ އެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރުގެ ހުކުމް ތަންފީޒު ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް