އެންޑީއެމްއޭއިން ބުނީ އެހީތެރިކަން ފޯރުކޮށްދީފަވަނީ، އަލިފާން ރޯވި އިމާރާތަ އިންވެގެން ހުރި ގޭގެ އެޕާޓްމަންޓެއްގެ ފެން ހޮޅިއަކަށް ގެއްލުންވެގެން އެގެއިން ފެނުގެ ހިދުމަތް ކެނޑިފައިވާތީކަމަށެވެ.
އެގޮތުން އެ އެޕަރޓްމަންޓްގައި ދިރިއުޅެމުންދިޔަ 2 މީހުންނަށް ރެއިން ފެށިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަވާކަމަށާއި، ފެނުގެ ނިޒާމަށް ލިބުނު ގެއްލުން ދެނެގަނެ އެކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.
އެމްއެންޑީއެފްއިން ރޭގައި ބުނެފައިވަނި ސައިރިކްސް ކޮލެޖު ކައިރީ ހުރި ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވެފައިވާ ކަމުގައި އެވެ.
އެމްއެންޑީއެފުން ބުނީ، ފަޔާފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވެފައި ހުރި އަލިފާންގަނޑު 23:56 ހާއިރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ސިފައިން ބުނެފައިވެ އެވެ.