ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިން އެވެނިއު އިން ޕެންޓްހައުސްއެއް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ބައްސާމް އަދީލް ޖަލީލް ގަތް ކަމަށް ބުނާ މައްސަލާގައި އޭނާ 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރި އިރު މިހާރުވެސް ދެ މައްސަލައެއްގައި ބައްސާމްގެ މައްޗަށްވަނީ ނުވަ އަހަރުގެ ހުކުމެއް އިއްވާފައެވެ.
މިއަދު އިތުރު ދެ މައްސަލައެއްގައި 23 އަހަރުގެ ހުކުމެއް އިއްވުމާއެކު ބައްސާމްގެ ޖުމްލަ ހުކުމް 32 އަހަރަށް އެރީއެވެ.
ކްރިމިނަލް ކޯޓުން މިއަދު ބައްސާމްގެ މައްޗަށް ހުކުމްކުރީ ހިޔާނާތުގެ ކުށަށް 8 އަހަރު އަދި މަނީ ލޯންޑަރިންގެ ކުށަށް 15 އަހަރަށް ޖަލަށް ލުމަށެވެ.