ads
ހުޅަނގު އައްސޭރި: ފޮޓޯ އަލްޖަޒީރާ
2025: ހުޅަނގު އައްސޭރިއާއި ގުދުސްއަށް ދިން ހަމަލާތަކުގައި 270 މީހުން ޝަހީދުވި
ނިމިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައި އިޒްރޭލު ސިފައިންނާއި ވަޒަންވެރިން، ހިފާފައިވާ ހުޅަނގު އައްސޭރިއާއި ގުދުސްގައި ހިންގި އެކި ހަމަލާތަކުގައި ފަލަސްތީނުގެ 270 މީހުން ޝަހީދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

މިއީ މުޅި އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދުތަކުގައި އިޒްރޭލުން ހިންގި އޮޕަރޭޝަންތަކާއި ދިން ހަމަލާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދެވެ.

މި ރިޕޯޓުތަކުން ހާމަވާގޮތުގައި، މި ހަމަލާތަކުގައި ފަލަސްތީނުގެ 2795 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިންނާއި ގަވާއިދާ ހިލާފަށް އުޅޭ ވަޒަންވެރިން ގުޅިގެން ހިންގި މި ހަމަނުޖެހުންތަކުގެ ސަބަބުން، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންނަށް ބޮޑެތި ގެއްލުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ހުޅަނގު އައްސޭރީގެ އިތުރުން ގައްޒާގައި ވެސް އިޒްރޭލުން ދަނީ ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި އިންޓަނޭޝަނަލް ޖަމާއަތްތަކުން އިޒްރޭލުގެ މި އަމަލުތައް ކުށްވެރިކުރަމުން ދިޔަ ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް