ads
އިއްކީސް
އިއްކީސް އަކީ ސުލްހައަށް ލިޔުނު ލޯބީގެ ސިޓީއެއް: ކަރަން ޖޯހަރު
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ "އިއްކީސް" އަކީ ހަމައެކަނި ހަނގުރާމައިގެ ވާހަކައެއް ނޫން ކަމަށާއި، އެއީ ސުލްހައަށް ލިޔުނު ލޯބީގެ ސިޓީއެއް ކަމަށް ބުނެފިއެވެ.
Advertisement

ކަރަން މިހެން ބުނީ މި ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. މީގެ ކުރިން "ނައިޓް މެނޭޖަރު" ގެ މަސައްކަތުން ގިނަ ބައެއްގެ ތަރުހީބު ހޯދި ސަންދީޕް މޯދީ ޑައިރެކްޓުކުރާ މި ފިލްމާ މެދު ކަރަން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

މި ފިލްމަކީ 1971 ވަނަ އަހަރު ހިނގި ހަނގުރާމައިގައި ހިތްވަރުގަދަކަން ދެއްކި ޕަރަމް ވީރް ޗަކްރާ އެވޯޑު ހާސިލުކޮށްފައިވާ އަރުން ކެތަރްޕާލްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބަޔޯޕިކް ފިލްމެކެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އަގަސްތިޔާ ނަންދާ އާއި ދަރުމެންދުރާއެވެ. މިއީ ސިފައިންގެ މީހަކާއި އޭނާގެ ބައްޕައާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ދައްކުވައިދޭނެ އަސަރުގަދަ ފިލްމެކެވެ. އަދި ޒަމާނީ ފެންވަރަކަށް ހަދާ މި ފިލްމަކީ ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ މަސައްކަތެއް ކަމަށް ވެސް ކަރަން ފާހަގަކުރެއެވެ.

ކަރަން އިތުރަށް ބުނީ މި ފިލްމު ބަލާ ކޮންމެ މީހަކަށް ވެސް ފިލްމުގެ މައިގަނޑު މެސެޖު އިހުސާސް ކުރެވޭނެ ކަމަށެވެ. އާންމުކޮށް ހަނގުރާމައިގެ ފިލްމުތަކުން ފެންނަ ތަޅާފޮޅުމުގެ އިތުރުން، ހަނގުރާމައިގެ ނުރައްކާތެރިކަމާއި ސުލްހައިގެ މުހިންމުކަން މި ފިލްމުން ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ. 

"އިއްކީސް" އަކީ ޒުވާން ޖީލަށް ވެސް ވަރަށް ކަމުދާނެ އަދި ސުލްހައަށް ލޯބިކުރުމަށް ބާރުއަޅާ ފިލްމަކަށް ވާނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް