ads
ޔޫރަޕަށް ބޯކޮށް ސުނޯފޭބުން
ބޯކޮށް ސުނޯފައިބާ ޔޫރަޕުން 5 މީހުން މަރުވެ، ފުލައިޓުތައް ކެންސަލް
ޔޫރަޕުގެ ބޮޑު ސަރަހައްދަކަށް ކުރިމަތިވެފައިވާ ގަދަފަދަ ސްނޯ ތޫފާނާއި ގަނޑު ފެނު ވާރޭގެ ސަބަބުން އެ ބައްރުގެ އާންމު ހިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ.
Advertisement

ފިނި މޫސުމުގެ މި ނުރައްކާތެރި ހާލަތާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑި، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޔޫރަޕުގެ މައި އެއާޕޯޓުތަކުން އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކޮށްފައިވާއިރު، ރޭލު ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފައެވެ. މަގުތަކުގައި ގަނޑު ފެން ޖަހައި މަގުތައް ކައްސާލެއް ބޮޑުވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވެ، ދަތުރުފަތުރު ކުރުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. މޫސުމީ އިންޒާރުތައް ނެރެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ. މި ހާލަތު އެންމެ ބޮޑަށް ކުރިމަތިވެފައިވާ ސަރަހައްދުތަކުގައި ސްކޫލްތައް ބަންދުކޮށް، ސަރުކާރުގެ ބައެއް އިދާރާތަކުގެ މަސައްކަތްތައް ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް