ads
ބޭސް ފިހާރައަކުން މީހަކު ބޭސް ގަންނަނީ: އޯޓީޕީ އާ ނުލައި އާސަންދައިން ބޭސް ނުނެގޭ ގޮތް މިހާރު ވަނީ ހަދާފައި - ފޮޓޯ:އަވަސް
ބޭސް ސިޓީއެއް ފޯޖްކޮށްގެން އެއް ލައްކަ ރުފިޔާގެ ބޭސް ނެގި މައްސަލައެއް
އާސަންދައަށް އޮޅުވާލައިގެން ބޭސް ނަގާ މީހެއްގެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމުން ވެސް ނުހުއްޓުވި، އެ މީހާ އެއް ލައްކަ ރުފިޔާއަށް ވުރެ އަގު ބޮޑު ބޭސް ނެގި މައްސަލައެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.
Advertisement

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކުރި، ހެލްތު އިންޝުއަރެންސް ސްކީމްގެ 2019-2024 ރިޕޯޓުގައި ބުނީ ބޭސް ސިޓީއެއް ފޯޖުކޮށްގެން ބޭސް ސިޓީ އާކުރި މައްސަލަ އާސަންދައަށް ފުރަތަމަ ހުށަހެޅީ ފެބްރުއަރީ، 2023 ގައި މާލޭގެ ހޮސްޕިޓަލަކުން ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުވާ މީހާގެ ބައްޕަގެ ނަން މަތީގައި އޮޅުވާލައިގެން ބޭސް ނަގަމުންދާ ކަމަށާއި އޭނާގެ ބައްޕަ ދިރިއުޅެނީ މާލޭގައި ނޫން ކަމަށް ވިޔަސް، މާލޭގެ އެކި ފާމަސީތަކުން ބޭސް ނަގަމުންދާ ކަމަށް އާސަންދައިގެ ހޮޓްލައިނަށް ޝަކުވާ ހުށަހެޅި ކަމަށް ބުންޏެވެ. އެ ގޮތަށް ބޭސް ނަގަނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށް ވެސް އެ ޝަކުވާގައި ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ކުންފުނިން އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އެ މުއްދަތުގެ ފަހުން ވެސް އޮންލައިން ކޮންސަލްޓޭޝަން ނޫން ގޮތަށް ރާއްޖޭގެ ދެ ހިސާބެއްގައި ހުރެގެން އެއް ތާރީހެއްގައި ޑޮކްޓަރަށް ދައްކައިގެން ބޭސް ނެގި ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.

"2023 ވަނަ އަހަރުގެ ފެބްރުއަރީ އިން 2024 ވަނަ އަހަރުގެ އޭޕްރީލް، ނިޔަލަށް އެ މީހާގެ ބައްޕަގެ ނަން މަތީގައި މާލޭ ހޮސްޕިޓަލްތަކަށް ދައްކައިގެން 112،586ރ. އަދި އައްޑޫ ހޮސްޕިޓަލަށް ދައްކައިގެން 25،080ރ. ގެ ބޭސް ނަގާފައިވޭ" އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އެއީ އޭނާގެ ބައްޕަ ދިރިއުޅޭ ރަށުން ނަގާފައިވާ ބޭހާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެއް ކަމަށް ބުނެފައި ވެއެވެ. އަދި އޭގެ އިތުރަށް ނަގާފައިވާ ބޭސްތަކުގައި ބަލި މީހާ އަމިއްލައަށް ނަގާފައިވާ ބޭސްތައް ވެސް ހިމެނެ އެވެ.

އޮޑިޓް ރިޕޯޓުގައިވަނީ އާސަންދައިގެ ޚަރަދުތައް އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަކޮށްފަ އެވެ. އެގޮތުން، 2019އިން 2024އަށް ޖުމުލަ 16.1 ބިލިއަން ރުފިޔާ ސްކީމަށް ހަރަދު ކޮށްފައިވާއިރު އެއީ އެވަރެޖުކޮށް އަހަރަކަށް 2.68 ބިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ފާހަގަކުރި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް