ނޫސްވެރިން ތިބޭ އިސްލާމިކް މިނިސްޓްރީގެ ވަޓްސްއެޕް ގްރޫޕްގައި ޑރ. ޝަހީމް ވިދާޅުވީ މި ޗުއްޓީގައި ހަތް ހާހަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާ ކުރަން ސައުދީއަށް ގޮސްގައިވާއިރު، ޖުމުލަކޮށް އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން ދަނީ ކުރަމުންނެވެ.
މި އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ހަތް ހާހަށް ވުރެ ގިނަ ދިވެހީން ވަނީ އުމްރާގެ އަޅުކަމަށް ސައުދީއަށް ގޮސްފަ އެވެ. އަހަރުގެ އެކި ދުވަސްވަރު އުމްރާއަށް ދިއުމަކީ މިހާރު ދިވެހީންގެ މެދުގައި އާއްމު ކަމެކެވެ.