ads
ވައިކަރަދޫ ރަޝީދު
އުމްރާގެ އަޅުކަމުގައި ސައުދީގައި އުޅުއްވަނިކޮށް، ވައިކަރަދޫ ރަޝީދު އަވަހާރަވެއްޖެ
އުމްރާގެ އަޅުކަމުގައި ސައުދީގައި އުޅުއްވަނިކޮށް، ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ, އިބްރާހިމް ރަޝީދު (ވައިކަރަދޫ ރަޝީދު) އިއްޔެ ނިޔާވެއްޖެ އެވެ.
Advertisement

ދައުލަތަށް 36 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ރަޝީދުގެ ހިދުމަތް އެންމެ ބޮޑަށް ފާހަގަވަނީ އޮޑިޓުގެ ދާއިރާގެ އިތުރުން ދައުލަތުގެ ަބޖެޓު ތައްޔާރު ކުރުމުގެ މަސައްކަތުގަ އެވެ.

އުމުރުން 65 އަހަރު ވުމުން ދައުލަތުގެ ރަސްމީ ވަޒީފާ އިން ރިޓަޔާ ކުރެއްވި ނަމަވެސް ބަޖެޓުގެ މަސައްކަތުގައި ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރެއްވި އެވެ.

ރަޝީދުގެ ހާއްސަ އަނެއް ހިދުމަތަކީ ލިޔުންތެރިކަމެވެ. ރާއްޖޭގައި ނެރުނު "އާބާރު" ނޫހުގެ އެއް މުވައްސިސަކީ އޭނާ އެވެ. މީގެ އިތުރުން ބައެއް ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ވެސް ވަނީ ކުރައްވައިފަ އެވެ. ފޮތް ވެސް ލިޔުއްވާ ރަޝީދު ނިޔާވިއިރު، ދެ ފޮތެއް އޮތީ ޗާޕު ކުރަން ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް