ސައުދީ ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި ޒުބައިދީ ޔޫއޭއީއަށް ވަޑައިގެންފައިވަނީ ސޯމާލީލޭންޑް މަގުންނެވެ. އޭނާ ރިޔާޒަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ސުލްހައިގެ މުހިންމު މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ނަމަވެސް، އެ މަޝްވަރާތައް ދޫކޮށްލެއްވުމަށްފަހު ކޯލިޝަނަށް ނާންގަވައި ވަޑައިގަތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިކަމާ ގުޅިގެން އެސްޓީސީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޒުބައިދީ ސުލްހައިގެ ވާހަކަތަކަށް ވަޑައިނުގަތުމުން، ޔަމަނުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;