ads
ހައިވޭގައި ހުރި ސޯލާ ޕެނަލެއްގައި ރޯވުން: އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވޭ - ފޮޓޯ: އެމްއެންޑީއެފް
ބުރިޖު ހައިވޭގައި ހުރި ސޯލާ ޕެނަލެއްގައި ރޯވެއްޖެ
ހުޅުމާލެއަށް އަރާ ސަރަހައްދުގެ ހައިވޭގައި ހުރި ސޯލާ ޕެނަލެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ނިއްވާލައިފި އެވެ.
Advertisement

އެމްއެންޑީއެފް އިން ބުނީ، މިދިލި މަގުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު މިއަދު 8:34 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް