ads
ގެއްލިގެން ހޯދަމުން އަންނަ ފޭދޫ، ހަމްދަރުދީގޭ، ހައްވާ ރާއިދާ މުނީރު.
އައްޑޫ ފޭދޫން ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ
އައްޑޫ ސިޓީ، ފޭދޫން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
Advertisement

ގެއްލިގެން ހޯދަނީ ފޭދޫ، ހަމްދަރުދީގެ، ހައްވާ ރާއިދާ މުނީރު، 19، އެވެ.

ފުލުހުން ބުނީ، ރާއިދާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ މިއަދުގެ މެންދުރުފަހު 2:52 ގައި ކަމަށެވެ.

އެ ރިޕޯޓު ފުލުހުންނަށް ލިބުމާ އެކު، ކަމާބެހޭ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކޮށް، ރާއިދާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ރާއިދާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް