ads
ނެސްލޭގެ އެސްއެމްއޭ ފޯމިއުލާތަކެއް - ފޮޓޯ: ނެސްލޭ
ސަމާލުވާން އެދެފި، ނެސްލޭ އިންފެންޓް ފޯމިއުލާގެ ބެޗުތަކެއް ވިހަ މާއްދާއެއް
ރާއްޖޭގެ ފާމަސީތަކުގައި ވެސް ވިއްކާ ނެސްލޭ ކުންފުނީގެ އިންފެންޓް ފޯމިއުލާގެ ބެޗުތަކެއް ތަޣައްޔަރުވެފައިވާތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އިލްތިމާސްކޮށްފި އެވެ.
Advertisement

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ ނެސްލޭއިން އުފައްދާަފައިވާ "އެސްއެމްއޭ" މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން އެ ވިހަ މާއްދާ ފެނިފައިވާތީ، އެ ތަކެތި ބާޒާރުން ނެގުމަށް ނިންމާފައިވާކަން، އެ ކުންފުނިން އިއުލާން ކޮށްފައިވާ ކަމަށެވެ.

"ސެރެއުލައިޑް"އަކީ ބެސިލަސް ސީރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. އެ މާއްދާ އިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެ ނަމަ މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ދިމާވެ އެވެ.

ތަގައްޔަރުވެފައިވާ ބާވަތްތަކުގެ ތެރޭ ހިމެނެނީ އަންނަ އަހަރުގެ އެޕްރީލް، މޭ، ޖޫން، ޖުލައި، މުއްދަތު އޮކްޓޯބަރު އަދި ނޮވެމްބަރަށް މުއްދަތު ހަމަވާ އުފެއްދުންތަކެކެވެ. އެއީ:

  • އެސްއެމްއޭ އެޑްވާންސް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ އެޑްވާންސް ފޮލޯ އޮން މިލްކް 800 ގުރާމް
  • އެސްއެމްއޭ އެންޓި ރެފްލަކްސް 800 ގުރާމް
  • އެސްއެމްއޭ އަލްފަމިނޯ 400 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 400 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 1.2 ކިލޯ ގްރާމް
  • އެސްއެމްއޭ ލިޓުލް ސްޓެޕް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ ކޮމްފޮޓް 800 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް 200 މިލި ލީޓަރު
  • އެސްއެމްއޭ ފަސްޓް އިންފެންޓް 70 މިލި ލީޓަރު
  • އެސްއެމްއޭ ލެކްޓޮސް ފްރީ 400 ގްރާމް

މީގެ ކުރިން ވެސް ރާއްޖެއަށް އެތެރެކުރާ ބައެއް ކާބޯތަކެއްޗާއި، ބޭހުގެ ބާވަތްތައް ތަގައްޔަރުވުމުން އެމްއެފްޑީއޭއިން ސަމާލުވާން އަންގައިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް