ads
ފުވައްމުލައް ސިޓީ ކައުންސިލްއާއި ރައީސް ބައްދަލުކުރައްވަނީ - ފައިލް ފޮޓޯ
ސަރުކާރު ޖަވާބުދާރީކުރަން ކައުންސިލަށް މެމްބަރުން ހޮވުމަކީ ގޯހެއް: ރައީސް
ލޯކަލް ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރު ކުރުވަން އޮތް މުއައްސަސާއެއް ނޫން ކަމަށާއި އެގޮތަށް މަސައްކަތް ކުރާ ނަމަ އެއީ ގޯހެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަކީ ވަރަށް މުހިއްމު އިންތިހާބެއްކަމަށެވެ. އެގޮތުން ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދެވުމަށް ރަށު ފެންވަރުގައި އަދި ސިޓީ ފެންވަރުގައިވެސް އެއްްބާރުުލުން ދޭނެ ކެނޑިޑޭޓުން އިންތިހާބުކުރުން މުހިއްމުކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުމުގެ ވާހަކަ އެއްވެސް ބަޔަކު ކެމްޕެއިނުގައި ދައްކާ ނަމަ އެއީ ގޯސް ސިގުނަލެއް ކަމަށެވެ.

"ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާން އޮންނަ މުއައްސަސާއެއް ނޫން ގާނޫނީ ގޮތަކުން ވެސް. ސަރުކާރު ޖަވާބުދާރީ ކުރަން ކައުންސިލަށް މީހުން ހޮވަން ކެމްޕެއިން ކުރާ ކަމަށްވަންޏާ އެއީ ފުރަތަމަ ވެސް ނުބައި ސިގްނަލެއް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ކުރެއްވި މަސައްކަތާއި ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އަދި މަޖިލިސް ހުޅުވުމުގެ ގޮތުން އިއްވަވާ ރިޔާސީ ބަޔާނުގައި އެކަންކަމާއި ގުޅޭ ތަފްސީލްތަކާއި ކުރިއަށް ރޭވިފައިހުރި މުހިއްމު ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް